الزمن (0,10988 ثانية)
#992

ترجمة ( الممتحنة 4 ) في Divehi من طرف Divehi - dv

[ إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. ] - ترجمة ( Al-Mumtahina 4 )

[ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِنْ شَيْءٍ رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ] - الممتحنة 4

#991

ترجمة ( الكهف 77 ) في Divehi من طرف Divehi - dv