Runtime (0.01144 seconds)
#1

Interpretation of ( Ash-Shura 15 ) in Divehi by Divehi - dv

[ އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް أمر ކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ باطل ގޮތްތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެންނަށް أمر ކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި عدل ވެރިގޮތުގައި ކަންތައްކުރުމަށެވެ. اللَّه އީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عمل ތަކެވެ. ތިޔަބައިމީހުންނާ އަހުރެމެންނާދެމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. اللَّه، އަހުރެމެން އެންމެން (قيامة ދުވަހުގައި) އެއްކުރައްވާނެތެވެ. އަދި އެނބުރިދިއުންވަނީ، އެކަލާނގެ حضرة އަށެވެ. ] - Interpretation of ( Ash-Shura 15 )

[ فَلِذَلِكَ فَادْعُ وَاسْتَقِمْ كَمَا أُمِرْتَ وَلَا تَتَّبِعْ أَهْوَاءَهُمْ وَقُلْ آمَنْتُ بِمَا أَنْزَلَ اللَّهُ مِنْ كِتَابٍ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ اللَّهُ رَبُّنَا وَرَبُّكُمْ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ اللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ الْمَصِيرُ ] - الشورى 15