Temps d'exécution (0,04864 secondes)
#364

Interprétation de ( Al-Ma'idah 95 ) dans Divehi par Divehi - dv

[ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (حج އަކަށް، ނުވަތަ عمرة އަކަށް) ތިޔަބައިމީހުން إحرام ބަނދެގެންތިބެ (އެއްގަމު) ޝިކާރަ قتل ނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން قصد ގައި، އެފަދަ ޝިކާރައެއް قتل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ޖަޒާއަކީ، قتل ކުޅަ އެއްޗަކާ އެއްފަދަ އެއްޗެއް، نعم ސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު حكم ކުރާނީ، ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހެކެވެ. (މި ދޭންޖެހޭނީ) كعبة اللَّه ގެފުޅަށް ފޯރާ هَدْى އެއްގެ ގޮތުގައެވެ. ނުވަތަ كفّارة އެއް ދިނުމެވެ. އެއީ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއާ އެއްވަރަށް ރޯދަހިފުމެވެ. އެއީ އޭނާ ކުޅަކަންތަކުގެ ނަތީޖާގެ ރަހަ ލިބިގަތުމަށްޓަކައެވެ. (މި آية ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް اللَّه عفو ކުރައްވައިފިއެވެ. އަދި އެކަމަށް އެނބުރި إعادة ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން اللَّه ބަދަލުހިއްޕަވާނެތެވެ. اللَّه އީ، ބަދަލުހިއްޕެވުމުގެ ވެރި، عزيز ވަންތަ ރަސްކަލާނގެއެވެ. ] - Interprétation de ( Al-Ma'idah 95 )

[ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَوْ عَدْلُ ذَلِكَ صِيَامًا لِيَذُوقَ وَبَالَ أَمْرِهِ عَفَا اللَّهُ عَمَّا سَلَفَ وَمَنْ عَادَ فَيَنْتَقِمُ اللَّهُ مِنْهُ وَاللَّهُ عَزِيزٌ ذُو انْتِقَامٍ ] - المائدة 95

#365

Interprétation de ( An-Nisa' 43 ) dans Divehi par Divehi - dv

[ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، جنب ވެރިވެގެންވާ حال ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބަައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. ] - Interprétation de ( An-Nisa' 43 )

[ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا ] - النساء 43