periode waktu pelaksanaan (0,20517 Kedua)
#578

Interpretation of ( Al-Ma'idah 48 ) in Divehi by Divehi - dv

[ އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ) ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ] - Interpretation of ( Al-Ma'idah 48 )

[ وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ فَاسْتَبِقُوا الْخَيْرَاتِ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ ] - المائدة 48

#571

Interpretation of ( Al-A'raf 179 ) in Divehi by Divehi - dv