പ്രവര്‍ത്തനസമയം (0.00610 നിമിഷങ്ങള്‍)
#1

-ന്റെ വിശദീകരണം ( Al-Baqarah 217 ) ഉള്ളില്‍ Divehi എന്ന് Divehi - dv

[ حرمة ތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންވާ ފާފައެކެވެ. (އެކަމަކު) اللَّه ގެ މަގުން (މީސްތަކުން) ދުރުކުޅައުމާއި އެކަލާނގެއަށް كافر ވުމާއި حرمة ތެރިވެގެންވާ މިސްކިތަށް ވަނަ ނުދިނުމާއި އެތާނގެ أهل ވެރިތަކުން އެތަނުން ނެރެލުމުގެ ފާފަވެރިކަން اللَّه ގެ حضرة ގައި މާބޮޑެވެ. އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ دين ން ތިޔަބައިމީހުން ބޭރުކޮށް كافر ކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ. ] - -ന്റെ വിശദീകരണം ( Al-Baqarah 217 )

[ يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِنْدَ اللَّهِ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ ] - البقرة 217


പരിഭാഷയെ സംബന്ധിച്ച് ആയത്ത് | 224 രചയിതാവ് | Divehi ഭാഷ | Divehi