Masa Jalan (0.16649 saat)
#208

Tafsiran ( Al-Baqarah 93 ) dalam Divehi oleh Divehi - dv

[ އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمر ފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! ] - Tafsiran ( Al-Baqarah 93 )

[ وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاسْمَعُوا قَالُوا سَمِعْنَا وَعَصَيْنَا وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ قُلْ بِئْسَمَا يَأْمُرُكُمْ بِهِ إِيمَانُكُمْ إِنْ كُنْتُمْ مُؤْمِنِينَ ] - البقرة 93