Masa Jalan (0.16532 saat)
#836

Tafsiran ( Al-An'am 91 ) dalam Divehi oleh Divehi - dv

[ اللّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި އެއުރެން (އެބަހީ: يهودى ން) އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އެހެނީ، އެއުރެންބުނީ، آدم ގެދަރިޔަކަށް اللَّه އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) މީސްތަކުންނަށް ނޫރެއް ކަމުގައްޔާއި، هداية އެއް ކަމުގައި، موسى ގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެެ؟ ތިޔަބައިމީހުން އެފޮތް ހަދައިގެން އުޅެނީ (ވަކިވަކި) ކަރުދާސްތަކެއް ކަމުގައެވެ. އެއިން ބައެއް ފާޅުކޮށް، އޭގެ ގިނަބައި، ތިޔަބައިމީހުން ވަންހަނާ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ކާބަފައިންނަށްވެސް އެނގިފައިނުވާ ތަކެތި (قرآن ން) ތިޔަބައިމީހުންނަށް ވަނީ އަންގަވައި ދެއްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (އެތަކެތި ބާވައިލެއްވީ) اللّه އެވެ. ދެން އެއުރެންގެ باطل ވާހަކަތަކުގެ ތެރޭގައި ކުޅެކުޅެ ތިބެން އެއުރެން ދޫކޮށްލައްވާށެވެ! ] - Tafsiran ( Al-An'am 91 )

[ وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنْزَلَ اللَّهُ عَلَى بَشَرٍ مِنْ شَيْءٍ قُلْ مَنْ أَنْزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَى نُورًا وَهُدًى لِلنَّاسِ تَجْعَلُونَهُ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًا وَعُلِّمْتُمْ مَا لَمْ تَعْلَمُوا أَنْتُمْ وَلَا آبَاؤُكُمْ قُلِ اللَّهُ ثُمَّ ذَرْهُمْ فِي خَوْضِهِمْ يَلْعَبُونَ ] - الأنعام 91