Tempo de Execução (0,17496 segundos)
#422

Interpretation of ( Al-A'raf 150 ) in Divehi by Divehi - dv

[ އަދި موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ! ] - Interpretation of ( Al-A'raf 150 )

[ وَلَمَّا رَجَعَ مُوسَى إِلَى قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِنْ بَعْدِي أَعَجِلْتُمْ أَمْرَ رَبِّكُمْ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ ] - الأعراف 150