Çalışma zamanı (0,01102 saniye)
#1

Şunun açıklamasıdır: ( An-Nisa' 171 ) içinde Divehi ile Divehi - dv

[ އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ. ] - Şunun açıklamasıdır: ( An-Nisa' 171 )

[ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انْتَهُوا خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى بِاللَّهِ وَكِيلًا ] - النساء 171